ސިނަމާލެ ބްރިޖު މަތިން ދެ އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި ހިނގި އެކްސިޑެންޓުގައި ދެ އަންހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. ހަމައެއާއެކު ބަހަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ދަނީ އެކްސިޑެންްޓު ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.