މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގައި އަންހެނަކު ހޯދަން އޭނާގެ ވަނަވަރު އާންމުކޮށްފިއެވެ.
ފުލުހުން ބުނީ، ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ސ މަރަދޫ / ޒީނިޔާމަންޒިލް، ހައްވާ ސައުޒާ (22އ) ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާން ކުރާ ކަމަށެވެ. ހައްވާ ސައުޒާ ހާޒިރު ކުރެވެނީ، މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށްވެސް ފުލުހުން ބުންޏެވެ. އެގޮތުން މިއަންނަ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުގެ 14:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިން އަަށް ހައްވާ ސައުޒާ ހާޒިރުވުމަށް ފުލުހުން އެދިފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.