ގދ.ތިނަދޫ އިން ސްކޫލެއްގެ ޓީޗަރަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.
"ހުވަދޫ ނިއުސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް19 އަށް ފައްސިވެފައިވަނީ، ތިނަދޫގައި ހުންނަ ޕްރައިމަރީ ސްކޫލެއް ކަމުގައިވާ އަބޫބަކުރު ސްކޫލްގެ ޓީޗަރެކެވެ.
ޓީޗަރަކު ފައްސިވެފައި ވަނީ، ދަރިވަރަކު ފައްސިވުމާއި ގުޅިގެން އަބޫބަކުރު ސްކޫލުގެ އެލްކޭޖީ 1 ކްލާސްގެ ކިޔެވުން މެދުކަނޑާލައި ކަރަންޓީންކޮށްފައި ވަނިކޮށްނެވެ. ޓީޗަރެއް މިއަދު ޕޮޒިޓިވް ވެފައި ވަނީ ޢޭގެ ފަހުންނެވެ. މައުލޫމާތު ލިބޭ ގޮތުން މީގެ ކުރިން ދެ ދަރިވަރަކު ފައްސިވުމާއި ގުޅިގެން އަބޫބަކުރު ސްކޫލްގެ ގްރޭޑް 3 ން އަދި ގްރޭޑް 4ން އެއްކްލާހުގެ ދަރިވަރުން މިވަގުތުވެސް ތިބީ ކަރަންޓީނުގައެވެ. އަދި މިވަގުތުވެސް އަބޫބަކުރު ސްކޫލްގެ 9 ޓީޗަރަކު ކަރަންޓީން ވެފައިވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.