ޒުވާނުންނަށް ހާއްސަކޮށް ވޯޓަރ ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައިވަނީ މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރޮޓީ (އެމްއެންއެސްޑީއޭ) އަދި ނެކްސްޓް ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ކަމަށްވާއިރު މި ބައްދަލުވުމުގައި، ވޯޓަރ ސްޕޯޓްސް ދާއިރާއިން ޒުވާނުން ތަމްރީނުކުރުމާއި އެ ދާއިރާ އިން ޒުވާނުން ތަމްރީނުކުރާ މަރުކަޒުތައް ރަޖިސްޓްރީކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް މަޝްވަރާކުރެވުނެވެ. އަދި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގުމަށް ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ރާއްޖެއަށް މުހިންމު މިފަދަ ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދަނީ އެމްއެންއެސްޑީއޭގެ އެއްބާރުލުމާއެކު، ނޭޝަނަލް ކޮންޕިޓެންސީ ސްޓޭންޑަރޑް ތަކެއް އެކުލަވައިލުމާއި، ނޭޝަނަލް އެޕްރެންޓިސްޝިޕް އަދި ތަފާތު އެކި ވޯކްޝޮޕްތަށް ކުރިއަށްގެންދަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.