ރޭ ދަންވަރު ހުޅުމާލެ ފޭސް 2 ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. މި އެކްސިޑެންޓެއްގައި އަނިޔާވި 18 އަހަރުގެ ޒުވާނެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގާފައިވަނީ ޒުވާނާ ދުއްވަމުން ދިޔަ ސައިކަލް ފުލުހުންގެ ކާރެއްގައި ޖެހުމުގެ ސަބަބުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، މި އެކްސިޑެންޓުގެ ސަބަބުން ފުލުހުންގެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެކްސިޑެންޓުގައި އަނިޔާވި 18 އަހަރުގެ ޒުވާނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އަދި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވަނީ ޒުވާނާގެ ހާލު ސީރިއަސް ކަމަށެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.