މާލޭގެ ގެއެއްގެ ތެރޭ އަންހެނަކަށް ބޮޑެތި އަނިޔާތަކެއް ކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފިއެވެ.
އޮންލައިން ނޫސް "ދިޔަރެސް" ގައި މަންޒަރުދުއް މީހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭ ދަންވަރު މއ. ކުރެދިވަރުގެ ތިންވަނަ ފަންގިފިލާގައި އަންހެނަކަށް އަނިޔާކުރާ އަޑު އެސަރަހައްދުގައި މަގުމަތިން ދިޔަ ބަޔަކަށް އަޑުއިވިފައިވާ ކަމަށާއި، އަނިޔާކުރާ އަޑު އިވިގެން ބެލިއިރު ފެނުނީ ގޭގެ ބެލްކަނީގައި ހުރި ބިއްލޫރި ދޮރަކާއި ދިމާލަށް އަންހެން މީހާ ކޮށްޕައިލުމުން ގޮސް ދޮރުގައި އަންހެން މީހާޖެހި އެދޮރު ފުނޑުފުނޑުވި ކަމަށެވެ.
އަދި އޭގެ ފަހުންވެސް އަންހެން މީހާއަށް އަނިޔާކުރާ އަޑު އިވިފައިވާ ކަމަށާއި، އަޑުގަދަ ވެގެން އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެގޭގެ އެހެން ފަންގިފިލާއެއްގައި ދިރިއުޅޭ ބަޔަކަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.