1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ނަތަންޔާހޫއަށް ކެންސަރު ޖެހި ސީރިއަސް ހާލަތުގައި، އަވަސް ސާޖަރީއެއް ކުރަނީ ހޭނައްތާފައި!

IMG_6139
އަހުމަދު ލަޔާން
7,445ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ކެންސަރުޖެހި ސީރިއަސްވެ ކުއްލި ސާޖަރީއެއް ކުރުމަށް އެދުމަތިކޮށްފިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ނަތަންޔާހޫ އަށް ކެންސަރު ޖެހިފައިވާ ކަން ކަށަވަރުވެފައިވަނީ މީގެ 2 ދުވަސްކުރިންނެވެ. އަދި މިހާރު ގުދުސްގައި ހުންނަ ހޮސްޕިޓަލެއްގައި ފަރުވާ ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ހޭނައްތާފައި ކުރާ މި ސާޖަރީ ފަށާފައިވާ އިރު، މިކަން ފުރިހަމަ ކުރަން ދެ ގަޑިއިރު ނަގާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

300 × 250

އިސްރާއީލްގެ ބޮޑުވަޒީރުގެ އޮފީހުން ހާމަކުރި ގޮތުގައި މި ސާޖަރީ ހަދަން ޖެހުނީ ނަތަންޔާހޫގެ ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހެދޭތީއެވެ. މި މައްސަލަ ދިމާވަނީ ޕްރޮސްޓޭޓް މާ ބޮޑުވެ، ގެއްލުން ބޮޑުވެދާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށް ވެސް އޮފީހުން ހާމަކުރެއެވެ.

އެހެންވެ، ނަތަންޔާހޫ ނިންމާފައި ވަނީ ޕްރޮސްޓޭޓް ނެގުމަށެވެ.

މީގެކުރިން، ނަތަންޔާހޫ ވަނީ ހާނިޔާ ސާޖަރީއެއް ފުރިހަމަކޮށްފައެވެ. އަދި ހިތަށް ޕޭސްމޭކާއެއް ވަނީ ލައްވައިފައެވެ.

ނަތަންޔާހޫ އެޑްމިޓް ކުރިއިރު، އޭނާއާ ދެކޮޅަށް އެ ގައުމުގެ ކޯޓެއްގައި ޝަރީއަތެއް ވެސް ދަނީ ހިނގަމުންނެވެ. އެގޮތުން އޭނާއާ ދެކޮޅަށް ރިޝްވަތާއި މަކަރާއި ހީލަތް ހެދުން ފަދަ ދައުވާތައް ވަނީ ކޮށްފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ފަސްކޮށްފައެވެ.

300 × 250

ޚިޔާލު (4)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ާަަަިސަފިރަނެ

    ޙަމަ ރަގަނލެ

  • ޙިލާލާ

    ޙަލާކު އަވަސް ކުރައްވާށި.!އާމީން.

  • ޑްރައި.

    ހޭނައްތާގޮތައް ދެން ހޭނާރަފިއްޔާ. ކިހާރަނގަޅު.

  • އަޚުމަދު

    ނަތަންޔާހު.ދައްޖާލު.ހިތިގޮތަކަށް.ހަލާކުވެ ނެތިކުރައްވާފާދޭވެ އާމީން

ގުޅުންހުރި