މާލޭ ގެއެއްގެތެރޭގައި އަންހެނަކަށް އަނިޔާކުރިކަމަށް ބުނެ ރޭގެ ވަގުތެއްގައި ހައްޔަރުކުރި ފިރިހެން މީހާ ދޫކޮށްލައިފިއެވެ.
ރޭ ދަންވަރު މއ. ކުރެދިވަރުގެ ތިންވަނަ ފަންގިފިލާގައި އަންހެނަކަށް އަނިޔާކުރާ އަޑު އެސަރަހައްދުގައި މަގުމަތިން ދިޔަ ބަޔަކަށް އަޑުއިވިގެން ބަޔަކު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. މިމައްސަލައިގައި ހައްޔަރުކުރެވިފައިވަނީ އަނިޔާ ލިބުނު އަންހެންމީހާގެ ފިރިމީހާއެވެ.
އަނިޔާ ލިބުނު އަންހެންމީހާ "ހުވަދޫ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އޭނަގެ ފިރިމީހާ އޭނައަށް އަނިޔާ ނުކުރާ ކަމަށާއި ބައެއް ނޫސްތަކުން ފަތުރަމުންދަނީ ހަޤީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. އަންހެންމީހާ ކިޔައިދިން ގޮތުގައި އެގޭގެ ބެލްކަނީގައި ޖަހާފައި ހުރި ބިއްލޫރިގަނޑުގައި އޭނަގެ ފައިންޖެހި ވަނީ ތަޅައިގެންގޮސްފައެވެ. ބިއްލޫރިގަނޑު ތަޅައިގެން ދިޔުމުން އޭނަގެ ފައިގެ ތަނބިކަށްޓަށާއި ފައިތިލައަށް ފުޅިތޮށި ހެރުމުން ތަދުވެގެން ހަޅޭއްލެވުނީ ކަމަށެވެ. އެވަގުތު އޭނަގެ ފިރިމީހާ އޮތީ ނިދާފައިކަމަށް އެއަންހެންމީހާ ވަނީ ބުނެފައެވެ. އަދި އޭނަ ގޮވާ އަޑަށް އެގޭގެ އެހެން ފަނގިފިލާއެއްގައި ދިރިއުޅޭ ބަޔަކު ރިޕޯޓްކޮށްގެން ފުލުހުން އައިސް އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.