1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑްރޯންޝޯވއާއި ހަވާއެރުވުމާއެކު 2025 ފެށުނީ ފިސާރި ކުލަގަދަ އުއްމީދުތަކަކުން!

988
ޑްރޯންޝޯވގެ ތެރެއިން
މަރްޔަމް ޝަފާ ސައީދު
404ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

2025 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހަވާ އެރުވުމުގެ ކުލަ ގަދަ ހަރަކާތްތަކަކާއެކު "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް" މިއަދު ފަށައިފިއެވެ. މި ފެސްޓިވަލް ކުރިއަށްދަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ އިސްނެގުމުގެ ދަށުން ބޭއްވޭ މި ފެސްޓިވަލްގައި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަ ގިނަ ފަރާތްތަކެއް ބައިވެރިވެއެވެ. ފެސްޓިވަލް ފެށުމަށް ބޭއްވި ޝޯވ ބަލާލުމަށް އާންމުންގެ ގިނަ ބަޔަކު ޖަމާވިއެވެ.

މި ހަރަކާތްތައް ބައްލަވާލެއްވުމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އަހުމަދު ފައިސަލްއާއި އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީވެސް ވަޑައިގެންނެވިއެވެ.

300 × 250

ފެސްޓިވަލްގެ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ޑްރޯން ޝޯވއެއް ހިމެނެއެވެ. މި ޝޯވގައި ރާއްޖޭގެ ސަގާފަތާއި ރީތިކަން ދައްކުވައިދީފައިވެއެވެ. މީގެ އިތުރުން ބޮޑުބެރުގެ ހުށަހެޅުންތަކާއި، ދަފި ނެގުން ފަދަ ސަގާފީ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އައު އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން، ދަންވަރު 12:00 ޖެހުމާއެކު ހަވާ އަރުވާފައިވެއެވެ.

"ވަރަށް ހިނގައިމު ޝޯވއެއް. ވަރަށް އުފާވެއްޖެ މި ކަހަލަ ހަރަކާތް ކުރިއަށް ގެންދާތީ،" އާންމުންގެ ތެރެއިން މީހަކު ޕީއެސްއެމް ނިއުސްއަށް ބުންޏެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލްގެ ދެވަނަ ދުވަހުގެ ހަރަކާތްތައް މާދަމާ ހަވީރު 4:00 އިން 10:00 އަށް ކުރިއަށްދާނެއެވެ. ތުއްތު ކުދިންނަށް ޚާއްޞަ އާއިލީ ހަވީރެއްވެސް މާދަމާ އޮންނާނެއެވެ. އަދި ކާބޯތަކެއްޗާއި އާޓްސް އެންޑް ކްރާފްޓްސް ސްޓޯލްތައްވެސް މި ފެސްޓިވަލްގައި ހުންނާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި