1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑިސެންބަރު އުމްރާ2024: ރެކޯޑު އަދަދެއްގެ އުމްރާވެރިންނާއެކު ގިނައަދަދެއްގެ ކުޑަކުދިން

އުމު1
"ހައްޖު ކޯޕަރޭޝަން ތުއްތު އުމްރާވެރިންނާ އެކު" ގެ ތެރެއިން / ފޮޓޯ:ހައްޖު ކޯޕަރޭޝަން
މަރްޔަމް ޝަފާ ސައީދު
339ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އިންތިޒާމްކުރި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ އުމްރާ ދަތުރުގައި ރެކޯޑު އަދަދެއް ކަމަށްވާ 822 އުމްރާވެރިން ބައިވެރިވެފައިވާކަމަށާއި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނޭކަމަށް މަޢުލޫމާތު ދީފިއެވެ. މިއީ މިހާތަނަށް އެ ކޯޕަރޭޝަނުން އިންތިޒާމްކުރި ދަތުރުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބައިވެރިވި ދަތުރެވެ.

މި ދަތުރުގައި ޚާއްޞަ ކަމެއްގެ ގޮތުގައި ފާހަގަކުރެވެނީ ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން އާއިލާތަކާއެކު ބައިވެރިވެފައިވުމެވެ. މިކަމަކީ ރައްޔިތުން ހައްޖު ކޯޕަރޭޝަނަށް ކުރާ އިތުބާރުގެ ހެއްކެއްކަމުގައި އެ ކޯޕަރޭޝަނުން ފާހަގަކޮށްފައިވެއެވެ.

ދަތުރުގައި ބައިވެރިވި ކުޑަކުދިންނަށް ޚާއްޞަކޮށްގެން މައްކާގެ އަލަބަލަދުއް ޠައްޔިބް އަޖްޔާދު ހޮޓަލުގައި ދީނީ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ހަވީރެއް ބޭއްވުނެވެ. މީގެ އިތުރުން، ކޮންމެ އުމްރާވެރިއަކަށް 3 އުމްރާ ކުރުމުގެ ފުރުޞަތު ލިބުނެވެ. އަދި ތާއިފްއަށް ޒިޔާރަތް ކުރުމުގެ ދަތުރާއި ޖިއްދާ ވިޔަފާރި ދަތުރު ވެސް ހިމެނުނެވެ.

300 × 250

ހަ11"ހައްޖު ކޯޕަރޭޝަން ތުއްތު އުމްރާވެރިންނާ އެކު" ގެ ތެރެއިން / ފޮޓޯ:ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މައްކާ އާއި މަދީނާ އާ ދެމެދު ދަތުރުކުރީ ހައި ސްޕީޑް ރޭލުގައެވެ. އަދި ހުރިހާ އުމްރާވެރިންނަށް ރައުޟާއަށް ވަދެވުނެވެ. ދިވެހި ރަހަތަކާއެކު ގަޑިން ގަޑިއަށް ފުރިހަމަ ކެއުންބުއިމުގެ ޚިދުމަތް ފޯރުކޮށްދެވުނެވެ.

ކުރިއަށް އޮތްތަނުގައި ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް، ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަކީ އެ ކޯޕަރޭޝަނުގެ މައިގަނޑު އަމާޒުކަމުގައި ވިދާޅުވިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ބާރުއަޅުއްވަނީ ރައްޔިތުންނަށް ގާތުން ދެވޭ ޚިދުމަތްތަކަކަށް ހެދުމަށެވެ.

ހައްޖު ކޯޕަރޭޝަނުން ތަޢާރަފުކޮށްފައިވާ ހުރިހާ އުމްރާ ޕެކޭޖްތަކުގެ މަޢުލޫމާތާއި ރަޖިސްޓަރީވާނެ ގޮތުގެ ތަފުސީލުތައް ކުންފުނީގެ މީސްމީޑިއާގެ މަންޞަތަކުން ލިބެން ހުންނާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި