މާލެއަށް އިއްޔެ ކުރި ވިއްސާރައާ ގުޅިގެން ފެންބޮޑުވުމުގެ ސަބަބުން ކުނި ނުނެގި ހުރި ސަރަހައްދުތަކުން މިއަދު ހެނދުނު 9 އިން ފެށިގެން ކުނި ނަގަމުންދާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން މިކަން އިއުލާނުކުރީ މާލެ ސަރަހައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެ، ގެތަކަށް ފެންވަދެ، ބައެއް ސަރަހައްދުތަކުގެ މަގުތައް ބަންދުކޮށްފައިވާތީއެވެ. މިކަމުގެ ސަބަބުން ގޭބީސީތަކުންނާއި ވިޔަފާރިތަކުން ކުނި ނުނަގާ ޚިދުމަތްދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެމްކޯއިން ބުންޏެވެ.
ވެމްކޯއިން އިތުރަށް ހާމަކުރި ގޮތުގައި، ޚިދުމަތް ނުދެވި ހުރި ގޭބިސީތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ވިޔަފާރިތަކުން މިއަދު ހެނދުނު 9:00 އިން ފެށިގެން ޚިދުމަތް ފޯރުކޮށްދޭނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.