1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއާއި އިންޑިއާއާ ދެމެދު ތަރައްޤީގެ ގިނަ މަސައްކަތްތަކެއް, ފެނިގެންދަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން

inso
ފޮރިންގ މިނިސްޓަރ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއެކު / ފޮޓޯ: ފޮރިން މިނިސްޓްރީ
މަރްޔަމް ޝަފާ ސައީދު
269ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖެއާއި އިންޑިއާއާ ދެމެދު ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ރާއްޖެއާއި އިންޑިއާއާ ދެމެދު ތަރައްޤީގެ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި އޭގެއިން ފެނިގެންދަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުންކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބައިނަލްއަޤުވާމީ ޓީވީ ޗެނަލެއް ކަމުގައިވާ ވިއޯންއަށް ދެއްވި އިންޓަވިއުއެއްގައެވެ.

300 × 250

އިންޓަވިއުގައި ޚާރިޖީ ވަޒީރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ޒަމާންވީ ގާތްގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން ދެމެހެއްޓުމުގައި ދެ ޤައުމުން ވެސް އެންމެ އިސްކަމެއް ދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޙްތިރާމާއި އިތުބާރު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ރާއްޖޭގައި މިހާރުވެސް އެތައް މަޝްރޫޢެއް އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްދާ ކަމަށެވެ. މިގޮތުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕްގެ މަސައްކަތާއި، ކަރަންސީ ސެޓަލްމަންޓްގެ މަސައްކަތް، އަދި 60 މިލިއަން ޑޮލަރުގެ އިޖްތިމާޢީ އެކި އިތުރު ޕްރޮގްރާމްތަކުގެ މަސައްކަތް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ތިލަމާލޭ ބްރިޖް މަޝްރޫޢަކީ މިވަގުތު ރާއްޖޭގައި ކުރިއަށްދާ އެންމެ ބިޔަ އެއް މަޝްރޫޢު ކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 4000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން ހުރިހާ ޤައުމަކާވެސް ގުޅިގެން މަސައްކަތްކުރަން ރާއްޖެއިން ބޭނުންވާ ކަމަށެވެ. އަދި އެހެން ޤައުމުތަކާއެކު ބާއްވާ ގުޅުމަކުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް ހީނަރުކަމެއް ނާންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށާއި އެކަން އެގޮތުގައި އޮންނާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުމަށް ވެސް ކުރިއަށް އޮތީ އުންމީދީ ދުވަސްތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި