1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވިލުފުށީގައި އަސާސީ ހިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ވިލުފުށި ކައުންސިލާ އެކު ތިމާވެއްޓާ ބެހޭ ވުޒާރާއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
މަރިޔަމް އަފީފާ
316ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ތ. ވިލުފުށީގައި އަސާސީ ހިދުމަތްތައް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު، އަލީ ޝަރީފް، އެ ރަށުގެ ކައުންސިލްގެ މެންބަރުންނާ އެކު ބެއްވި ބައްދަލުވުމެއްގައެވެ.

ބައްދަލުވުމުގެ އަދާހަމަ ހާމަކުރައްވާ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ވިލުފުށީގެ ފެނާއި ނަރުދަމާގެ ނިޒާމާއި، އެ ރަށުގެ ހަކަތައިގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްގީކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށެވެ.

300 × 250

މި ބައްދަލުވުމުގައި ވަޒީރު އަލީ ޝަރީފް ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަކުރުމަށް ދެއްވާ ހާއްސަ ސަމާލުކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ވިލުފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ތިމާވެއްޓާއި ހަކަތައާ ގުޅުންހުރި ދަތިތައް ހައްލުކޮށްދެއްވުމަށް އެ ވުޒާރާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މި ބައްދަލުވުމުގައި ވިލުފުށީ ކައުންސިލްގެ ފަރާތުން، ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ވުޒާރާއާ ހިއްސާކުރައްވާފަެި ވެއެވެ.

ރަށުގެ ކަރަންޓުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށާއި، ތިމާވެއްޓާ ރައްޓެހި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ވަސީލަތްތައް ޤާއިމުކުރުމާ ބެހޭގޮތުން ވެސް ދެ ފަރާތުގެ މެދުގައި ފުންކޮށް ވާހަކަދެކެވުނެވެ.

ބައްދަލުވުން ނިންމާލި، ވިލުފުށީގެ މުހިއްމު އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި، މިނިސްޓްރީއާއި ކައުންސިލް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވަމުން ކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި