1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދެކުއްޖެއްގެ ދަތް ނުފަޅާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި މިނިސްޓަރަށް ސިޓީއެއް ފޮނުވައިފި

b_3QZlmi5xzCRIsZPXzjm6IEgE0
ދަތް ނުފަޅައިގެން ސިޓީ ލިޔުނު ރައުޒާ އަދި އާރްޔަން
ޢަޒީޒާ އަފީފް
1,226ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިޔާގެ އަވަށެއްގައި ދިރިއުޅޭ ދެކުއްޖަކު އަވަހަށް ދަތް ނުފަޅާތީ ދިމާވާ އުދަގޫތަކަށް ހައްލެއް ހޯދައިދިނުމަށް އެދި ޗީފް މިނިސްޓަރު ހިމާންތަ ބިސްވާ ސަރްމާ އަދި ބޮޑުވަޒީރު މޯދީއަށް ސިޓީއެއް ލިޔެފިއެވެ.

އިންޑިޔާގެ އައްސާމުގައި ދިރިއުޅެމުން ގެންދާ އުމުރުން 6 އަހަރުގެ ރައުޒާ އަދި 5 އަހރުގެ އާރްޔަންގެ ދަތްތައް އަވަހަށް ނުފަޅާތީ އެކަމާ ކންބޮޑުވެގެން އެދެބެއިން ވަނީ އައްސާމްގެ ޗީފް މިނިސްޓަރގެ އިތުރުން މޯދީއަށްވެސް ސިޓީއެއް ލިޔެފައެވެ. މިސިޓީގައި ބުނާގޮތުން އެކުދިންގެ ދަތް ނުފަޅައި ގިނަ ދުވަސްވުމުން ކާން އުނދަގޫ ވާ ކަމަށާއި މިމައްސަލަ އަށް ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށެވެ.


300 × 250

އެކުދިންގެ ބޮޑުބޭބެ މުހުތާރު އަހުމަދު ވަނީ މިސިޓީ ފޭސްބުކުގައި ހިއްސާކޮށްފައެވެ. އަދި މުހުތާރު އަހުމަދު ބުނާގޮތުގައި އެކުދިން އެސިޓީ ލިޔނުއިރު އޭނާ ހުރީ ޑިއުޓީގައެވެ.

މިސިޓީ ކިޔާލުމަށްފަހު ގިނަބަޔަކު ވަނީ އެޕޯސްޓު ޝެއަރކޮށްފައެވެ. އަދި އައްސާމްގެ ޗީފް މިނިސްޓަރުގެ ސަމާލުކަމަށް ވެސް މިކަން އައިސް މިޕޯސްޓު ފެނުމާ އެކު އެއަށް ޖަވާބުދާރީވެފައިވެއެވެ.

އެސިޓީއަށް ޖަވާބުދާރީ ވަމުން ޗީފް މިނިސްޓަރ ހިމަންތަ ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކުދިންނަށް ރަގަނޅު ޑެންޓިސްޓެއް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

https://twitter.com/himantabiswa/status/1443158486544576514?s=20
ކޮންމެއަކަސް ދަތް ނުފަޅައިގެން މި ތުއްތު ދެކުދިން ޝަކުވާކޮށް އަދި އެމައްސަލަ ޗީފް މިނިސްޓަރާ ހަމައަށް ގޮސްފައިވާތީ އެދެކުދިންނަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި