1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކާރަކާއި ޕިކަޕެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގައިފި

police traffic
ފުލުހުން ހަރަކާތްތެރިވަނީ
ފާތިމަތު އިޝާ
289ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކާރަކާއި ޕިކަޕެއް ޖެހި އިތުރު އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓް ހިނގައިފައިވަނީ މާލޭ އަމީނީމަހު ރެހެންދި ފްލެޓް ކައިރިން ކާރެއް ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ކަމަށް ފުލުހުން 'ހުވަދު' މީޑިއާ އަށް ކަށަވަރުކޮށްދީފައިވެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 09:40 އެހައިކަންހާއިރުއެވެ.

މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ވެފައެއް ނުވެއެވެ. އެހެންނަމަވެސް އެކްސިޑެންޓްވި ދެ އުޅަނދައް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ.

300 × 250

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިއީ ކާރަކާއި ޕިކަޕެއް ޖެހި މާލޭގައި މިއަދު ހިނގި 2 ވަނަ އެކްސިޑެންޓެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ވެލާނާ އިންޓާނޭޝަނަލް އެއަރޕޯޓުގައި ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވެއެވެ.

މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މީހާ އަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭގެ އިތުރުން ކާރު ފަހަތުގައި އިން މީހާއަށް އަނިޔާވެގެން އެއަރޕޯޓު ކްލިނިކުގައި ވަނީ ފަރުވާދީފައެވެ. ކާރު ފަހަތުގައި އިން މީހާއަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މިވަގުތު އެ އެކްސިޑެންޓް ހިނގި ސީންގައި ހަރަކާތްތެރި ވަމުނެނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި