1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާފަންނު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ؛ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމާފައި!

Abstract red background with scratch effect and minimal overlapp
ޝަފްޢަތު ، ހުވަދޫ މީޑީއާ
1,011ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލޭ މާފަންނު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. މަރުވެފައި އޮތް މި މީހާ ފެނިފައި ވަނީ މާފަންނު ތަރިވިލާ ނަމަކަށް ކިޔާ ގެއަކުންނެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ މާފަންނު ތަރިވިލާގޭ އުމުރުން 41 އަހަރުގެ ހުސައިން އަހުމަދެވެ.

އެނގިފައިވާ ގޮތުގައި މީހާ ފެނުނުއިރު އޮތީ ހަށިގަނޑު ހަރުވެފައި ކަމަށާއި ގައިގެ ތަންތަން ކޮންމެވެސް ވަރަކަށް ނޫފައިގެންފައިވާ ކަހަލަ ނިޝާންތަކެއް ފެންނަން ހުރި ކަމަށް ވެއެވެ. އެސަރަހައްދުން ހުވަދޫމީޑިއާ އަށް މައުލޫމާތު ދިން މީހަކު ބުނީ މަރުވެފައި އޮއްވާ ފެނުނީ މަސްތުވާތަކެތި ބޭނުން ކުރާ، އެކިކުށުގެ ރެކޯޑުވެސް އޮންނަ މީހެއް ކަމަށެވެ.

300 × 250

އަދި އެމީހާގެ ހަށިގަނޑު ފެނުނު ގެއަކީ މަސްތުވާތަކެތީގެ މައްސަލަތައް ގިނައިން ދިމާވާ ގެއެއްކަމަށާއި ބޮޑަށް ލަފާ ކުރެވެނީ އޯވަރޑޯޒްފަދަ މަސްތާ ގުޅުން ހުރި ކަމެއްކަމަށްވެސް އެސަހަރައްދުގައި ދިރިއުޅޭ މީހަކު ވަނީ ބުނެފައެވެ. އެހެންނަމަވެސް ހުސެން އަހުމަދު މަރުވެފައި ވަނީ ސީދާ މިވެނި ގޮތަކަށް ކަމަށް ނުވަތަ މިވެނި ގޮތެއް ވެގެން ކަމެއް ފުލުހުންގެ ފަރާތުން އެނގިފަައެއް ނުވެއެވެ.

husމަރުވެފައި އޮއްވާ ފެނުނު ހުސައިން އަހުމަދު

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން މައުލޫމާތު ދެމުން ބުނީ، މަރުވެފައިވާ މީހަކު އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މަޢުލޫމާތު މިއަދު ހެނދުނު 09:53 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ..

މަރުވެފައިވަނީ މާލޭ، އެމް. ތަރިވިލާގޭ، ޙުސައިން އަޙްމަދު (41 އަހަރު) ކަމަށާއި މަރުވެފައިވާ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ހުވަދޫމީޑިއާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުސައިން އަހުމަދުގެ ހަށިގަނޑު މިވަގުތު ވީ މޯޗަަރީ ގައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި