ރައްޔިތުންނަށް ދަތިކުރަން އެއްވެސް ނިންމުމެއް ނިންމަވާފައިވާ ނުވާނޭކަމަށާއި، ކޮންމެ ނިންމެވުމެއްވެސް ނިންމަވާފައިވާނީ ރައްޔިތުންނާއި ޤައުމުގެ މުސްތަޤްބަލަށްޓަކައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިއްޔެ (ތާރީޚް) ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގދ. ވާދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތަރައްޤީއަކީ މައުނަވީ އަދި ރައްޔިތުންނަށް އޭގެ އިހުސާސް ކުރެވޭ އެއްޗަކަށް ހެއްދެވުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދަވާނެކަމަށެވެ. އަދި ރާއްޖޭގައި ޒަމާނުއްސުރެ ހަރުލާފައިވާ ރައްޔިތުންގެ ދުޅަހެޔޮކަމަށް ނުރައްކާ އޮތް ވަބާތަކާއި އާދަތަކުން ޤައުމު ސަލާމަތްކުރުމަށް ސަރުކާރުން އުނދަގޫ ނިންމެވުންތަކެއް ނިންމަވަމުންދާކަން ފާހަގަކުރެއްވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.