1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

mas
މިފްކޯގެ ބޯޓަކަށް މަސްކިރުވަނީ/ފޮޓޯ:މަސްވެރިކަމާބެހޭ ވުޒާރާ
މަރްޔަމް ޝަފާ ސައީދު
292ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

މި ލޯނަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ހުޅުވާލާފައިވާ ލޯނެކެވެ.

މި ލޯނަށް އެދުމަށް ފުރަތަމަ ފުރުޞަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އޭރު މުއްދަތު ހަމަވިއިރު 39 ފަރާތުން ލޯނަށް އެދި ހުށަހަޅާފައިވާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. އޭގެ ތެރެއިން 19 ފަރާތެއް ޝަރުތު ހަމަވާކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.

300 × 250

މިހާރު ކުރިއަށްދަނީ ޝަރުތުހަމަވާ ފަރާތްތަކާއެކު އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތްކަމަށާއި، އެގްރީމަންޓްގައި ސޮއިކުރާ ހިސާބުންފެށިގެން ލޯނު ދޫކުރަމުން ގެންދާނެކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މިފަހަރު ލޯނުގެ އިތުރު ބުރަކަށް ހުޅުވާލާފައިވާއިރު އިތުރު ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން ހަލް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދަކަށް މި ލޯނަށް އެދި ހުށައެޅޭނެއެވެ. އަދި އިންޖީން އެޅުމުގެ މަސައްކަތް ފަށާފައިވާ، 50 ފޫޓަށް ވުރެ ދިގު، އަދި މަދުވެގެން 10 ޓަނުގެ ފިޝް ހޯލްޑިންގ ކެޕޭސިޓީ ހުންނަ އުޅަނދުފަހަރަށް މި ލޯނަށް އެދެވޭނެއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ މި ލޯނުގެ ދަށުން ރަހުނަކާ ނުލައި 100،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރުގެ މުއްދަތެއް ދެވޭނެއެވެ.

ސަރުކާރުން ވިދާޅުވެފައިވަނީ މި މަސައްކަތާއެކު އައިސް ހޯދުމަށް މަސްވެރިން ކުރާ ދަތުރުތަކަށް ލުއި ލިބޭނެ ކަމަށެވެ. މިހާރުވެސް ދެކުނުގެ ގިނަ ދޯނިތަކެއްގައި މި ނިޒާމު ހަރުކުރެވިފައިވާއިރު، ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައިވެސް މި ނިޒާމު ހަރުކުރުމެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި