ރާއްޖެއަށް މިރޭ މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އެގޮތުން މިރޭ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްް އެ އޮފީހުން ބުނެފައިވެއެވެ.
2025 ޖަނަވަރީ 10 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމަޔަށް މެޓުން މޫސުން ލަފާކޮށްފައިވާއިރު އިރާއި އިރު ދެކުނުން، ދެކުނު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓުން ހާމަކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެއެވެ.
ދެކުނުގެ ރާޅުތައް 2-5 ފޫޓު އުސްވާއިރު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކުގެ ރާޅުތައް 4-6 ފޫޓު އުސްވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.