ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެެއްލުނު ޗައިނާގެ ބަޔަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޗައިނާގެ 7 މީހަކު ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލިފައިވާއިރު އެމީހުން ފީނަން ދިޔައީ ވ.ފުލިދޫ ކައިރީ އޮންނަ ބޯމަސް ކަނޑު ޑައިވް ސައިޓަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިރޭ 18:26 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އެމީހުން ހޯދުމަށްޓަކައި އެ ސަރަހައްދުގައި އެވަގުތު ހަރަކާތްތެރިވި ވ. ފުލިދޫ ލޯންޗް އަކުން ވަނީ ކަނޑުމަތިން އެމީހުން ފެނިގެން ސަލާމަތްކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފަައި ނުވެއެވެ.