1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބޮޑެތި އިނާމުތަކަކާއެކު އެސްޓީއޯގެ ރަމަޟާން ބާޒާރު ފަށައިިފި

sto
ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޒާން ބާޒާރު"
ފާތިމަތު އިޝާ
560ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި އިނާމުތަކާއި އަދި ހަރަކާތްތަކަކާއެކު ފެށިއްޖެއެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން 2025 ވަނަ އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރަމަޟާން ބާޒާރު" ޕްރޮމޯޝަން، މިރޭ ވަނީ ފަށާފައެވެ.

އެސްޓީއޯ ރަމަޟާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައިވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ އެވެ.

300 × 250

sto 2އެސްޓީއޯ ރަމަޟާން ބާޒާރު 2025 ފެށުން

ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި އިނާމުތަކެއް ހިމެނޭ ގޮތަށް ރޭވިފައިވާ މި ސޭލް ކުރިއަށްދާނީ 9 ޖަނަވަރީ 2025 ން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށެވެ.

މިއަހަރުގެ ރަމަޟާން ބާޒާރުގައި %50 އާހަމައަށް ހޯމްއެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެވެ. އަދި 500 ރުފިޔާ އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިގެންދާއިރު ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރަމަޟާން ބާޒާރު 2025ގެ އެންމެ ޙާއްސަ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމް ލިބިގެންދާނެއެވެ.

މީގެއިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯރ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި