މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މެޓުން ބުނެފައިވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.

މާދަމާ ހެނދުނު 06:00 މޫސުން ލަފާކޮށްފައިވާއިރު ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި ގަދަވެފައި އެހެން ހިސާބުތަކަށް ވެސް ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.

ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނު އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ދެކުނުގެ ރަށްތަކުގެ ރާޅުތައް 2-5 ފޫޓު އުސްވާއިރު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކުގެ ރާޅުތައް 4-6 ފޫޓު އުސްވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

މެޓުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައިވެއެވެ.