1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދައުލަތުގެ ވަށައިގެން ތިބީ ހުކުރު ޚުޠުބާއަށް ފުރައްސާރަކުރި ފަރާތްތައް - ނާޒިމް

ހ
ޕީޕީއެމްގެ ޖަލްސާގައި ނާޒިމް ވާހަކަދައްކަވަނީ
ހުވަދޫ ނިއުސް ޓީމް
760ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ދައުލަތް ވަށައިގެން ތިބީ ހުކުރު ހުތުބާއަށް ފުރައްސާރަ ކުރި މީހުން ކަމަށް ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނަމުގައި ކާނިވާ ސަރަހައްދުގައި އިދިކޮޅުން މިރޭ ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، 2018 ގެ ރިޔާސީ އިންތިޚާބު މި ސަރުކާރުން ކާމިޔާބު ކުރީ އިންޑިއާގެ އެހީގައި ކަމަށެވެ. އޭގެ ބަދަލެއްގެ ގޮތުގައި ދިވެހިން ބަދަލެއްގެ ގޮތުގައި ކަނޑުފަޅާއި ބިމުގެ ސިއްރުތައް އިންޑިއާ ދިނުން ކަމަށެވެ.

ފ

މިހާލަތަށް ޤައުމުގެ ކަންކަން ދިޔުމުން، މިނިވަންކަން ދެމެހެއްޓުމަށް، ގާބިލްކަން ވެރިންގެ ކިބަގައި ނެތުމުން، ގާނޫނު އަސާސީގައި ރައްޔިތުންނަށް ދީފައިވާ ބާރުގެ ބޭނުން ކުރަން ޖެހޭ ހިސާބަށް ދާން ޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

300 × 250
ބ
"އުޅެވެން އޮތީ ބޮއެގެން ކަމަށް ދެކޭ މީހުން ތިބޭނީ ބޮއެގެން. އިންޑިއާގެ އުނގަށް ވެއްޓެން ޖެހޭނެ ކަމަށް ދެކޭ މީހުން އެ ތިބީ އެކަން ކޮށްގެން. މިއީ ކޮންމެ ރައްޔިތަކާއި ގުޅިފައިވާ ކަމެއް. އެގްރިމެންޓްތައް ސިއްރެއް ނުކުރެވޭނެ. އަޅުގަނޑުމެން މި ތިބީ އަޅުވެތިކަމެއްގެ ދަށުގައި." ނާޒިމް ވިދާޅުވިއެވެ.

އިންޑިއާއާއި މި ސަރުކާރާއި ހަދާފައިވާ އެގްރިމަންޓްތަކުގެ ހަގީގަތް ހޯދަން ދިވެހި ނޫސްވެރިން ތިބެން ޖެހުނީ ކޯޓުތަކުގެ ދޮށުގައި ޓަކި ޖަހަ ޖަހާ ކަމަށާއި އެ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް އިތުރަށް ވިދާޅުވީެފައިވާ ގޮތުގައި، މުޅި ދިވެހި ދައުލަތް ވަށައިގެން އޮތީ ހުކުރު ޚުތުބާއަށް ފުރައްސާރަ ކުރި މީހުން ކަމަށާއި މިހާރު މި އުޅެނީ މި ހާލަތުން ދިވެހި ދައުލަތް ސަލާމަތް ނުކުރެވިގެން ކަމަށެވެ.

300 × 250

ޚިޔާލު (1)

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

  • ޙަހަ

    އިންޑިއާ މީހުންދޯ ވޯޓުއެޅީ.

ގުޅުންހުރި