އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި މި މަޢުލޫމާތު ހާމަކޮށްފައިވެއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ޑރ. ޝަހީމް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އެ ޤައުމުގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީޤު ރަބީޢާގެ ދަޢުވަތަކަށެވެ.

އޭގެ ތެރޭގައި، ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކު ވެސް ގާއިމުކުރާ ޙައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުން ހިމެނެއެވެ. އަދި މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓަރ ޑރ. ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވާނެ ކަމަށްވެސް ވުޒާރާއިން ހާމަކޮށްފައިވެއެވެ.

ވަޒީރުގެ މި ދަތުުގެ މި ދަތުރުފުޅުގައި، ހިޖުރީ ސަނަތުން 1446 ވަނަ އަހަރު ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން ބާއްވާ ހައްޖު މައުރަޒުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ޙައްޖުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރުމަށްރުދަނާކުރުމަށްޓަކައި، ސައުދީ ސަރުކާރުން އިސްލާމީ ޤައުމުތަކާ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.