ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރު ކެރޮން ރޮސްލާ، ރާއްޖެއަށް ވަދާއު ކިޔުއްވުމުގެ ގޮތުން އަމިއްލަ ގޭގައި ލޯބިން ބޮޑުކުރެއްވި ރުއް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި އިންދަވައިފިއެވެ.
ސަފީރު ކެރޮން ރޮސްލާ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި ރުކަކީ އެކަމަނާއަށް 2021 ވަނަ އަހަރު ލިބިވަޑައިގެންނެވި ކާއްޓެއް ކަމަށެވެ. އެ ކާށި އެކަމަނާގެ ޓެރަހުގައި އިންދަވައި ލޯބިން ބޮޑުކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖެއަށް ވަދާއު ކިޔާއިރު ދެ އެއްޗެއް ރާއްޖޭގައި ދޫކޮށްފައި ދާތީ ވަރަށް އުފާކުރާ ކަމަށް ސަފީރު ވިދާޅުވެފައިވެއެވެ. އެއީ ބްރިޓިޝް ހައިކޮމިޝަނާއި "ޝައި" ގެ ނަމުން އެކަމަނާ ނަންދީފައިވާ ރުއް ކަމަށް ވިދާޅުވިއެވެ.









ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.