ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޭޓް މިނިސްޓަރުކަން ކުރައްވަމުން އަންނަ މުއާޒު ހަލީމު އައްޔަނުކޮށްފިއެވެ.

މި މަގާމަށް މުއާޒު ހަލީމް އައްޔަންކުރައްވާފައިވަނީ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް އަދުނާނުގެ ބަދަލުގައެވެ. ޒީނާޒު މި މަގާމުގައި ހުންނަވާތާ އެއް އަހަރު އަދި ނުވާއިރު، މަގާމުން ވަކި ކޮށްފައިވަނީ ސީދާ ކީއްވެކަން އަދި ސާފުވެފައެއް ނުވެއެވެ.

ޒީނާޒު ވަނީ މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯކަން ވެސް ކުރައްވާފައެވެ.