ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ސްކޫލްގެ 11 ކްލާސްރޫމް އޭސީކުރުމަށް ބޭނުންވާ އޭސީތައް ގަތުމަށް ފިޔޯރީ ކައުންސިލާއި ރެފްކޫލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ފިޔޯރީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދެވެ.
މި މަޝްރޫޢަކީ ކައުންސިލްގެ އާމްދަނީން ޚަރަދުކުރާގޮތަށް ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 18000 ބީޓީޔޫގެ 22 އޭސީ ގަތުމަށް ކުރެވުނު އިޢުލާނާ ގުޅިގެން ބިޑް ކާމިޔާބުކުރީ ރެފްކޫލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި އެއްބަސްވުމުގެ ދަށުން 22 އޭސީ ގަތުމަށް ޚަރަދުވާނެ އަގަކީ 223,355.17 ރުފިޔާ (ދެލައްކަ ތޭވީސްހާސް ތިންސަތޭކަ ފަންސާސް ފަސް ރުފިޔާ ސަތާރަ ލާރި) އެވެ.
އެއްބަސްވުމުގައިވާ ގޮތުން، އޭސީތައް ކައުންސިލްގެ އިދާރާއަށް ފޯރުކޮށްދޭން ޖެހޭނީ 12 ދުވަހުގެ ތެރޭގައެވެ. އަދި މި އޭސީތަކަށް 12 މަސްދުވަހުގެ ވޮރަންޓީ ލިބޭނެއެވެ. މި މަޝްރޫޢުގެ ސަބަބުން ފިޔޯރީ ސްކޫލްގެ 11 ކްލާސްރޫމެއް އޭސީކުރެވި، ދަރިވަރުންނަށް ފިނި މާޙައުލެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި ސްކޫލްގެ އެހެނިހެން ވަސީލަތްތައް އިތުރަށް ތަރައްޤީ ކުރުމަށް ޕްލޭންތަކެއް ރޭވިފައިވާ ކަމަށްވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ. ފިޔޯރީ ރައްޔިތުންގެ ފަރާތުން މި މަޝްރޫޢަށް ވަރަށް ބޮޑު ތާއީދެއް ލިބިފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އޭސީތައް ލިބުމުން ކަމަށް ކައުންސިލުން ވަނީ މަޢުލޫމާތު ދީފައެވެ. އަދި މަސައްކަތް ނިންމުމަށް ލަފާކުރެވެނީ މާރިޗު މަހުގެ ނިޔަލަށް ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ސްކޫލް ކަރަންޓް ވިއުގަ އޭސީ ކުރެވޭ ގޮތަށް ނެތުމުގެ ސަބަބުން، ކަރަންޓް ނެޓްވޯކް އެޅުމަށް ބޭނުންވާ ހުރިހާ ތަކެތި ކައުންސިލުން ފޯރުކޮށްދީގެން ފިޔޯރީ ފެނަކާގެ ސީއެސްއާރުގެ ދަށުން މިހާރު ވަނީ ކޮށް ނިންމާފައެވެ. އެކަމަށްޓަކައި ފިޔޯރީ ފެނަކާ ސްޓާފުންނަށް ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު ވަނީ ޝުކުރު އަދާކޮށްފައެވެ.
ހޫނުވާ ދުވަސްވަރު ދަރިވަރުންނަށް ކިޔެވުމަށް ވަރަށް ދަތިވެ، ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ކުރާކަން މީގެކހޫނުވާ ދުވަސްވަރު ދަރިވަރުންނަށް ކިޔެވުމަށް ވަރަށް ދަތިވެ، ކިޔެވުމަށް އޭގެ ނޭދެވޭ އަސަރު ކުރާކަން މީގެކުރިން ސްކޫލުތަކުން ވަނީ ފާހަގަކޮށްފައެވެ. ގިނަ ރަށްތަކުގެ ސްކޫލުގެ ކްލާސްރޫމުތައް އޭސީ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު މި މަޝްރޫޢަކީ ސްކޫލަށް އަދި ތަޢުލީމީ ދާއިރާއަށްވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި މަޝްރޫޢަކީ ފިޔޯރީ ކައުންސިލުން ރަށުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ. ކައުންސިލުން ބުނާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ރަށުގެ އެހެނިހެން ދާއިރާތައްވެސް ތަރައްޤީކުރުމަށް ގިނަ މަޝްރޫޢުތަކެއް ރޭވިފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.