1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސިސްޓަމްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ބޮޑުވި: އޮޑިޓްރިޕޯޓް

mal
މާލެސިޓީގެ މަގެއްގެ މަތި ދުއްވާތަކެތިން ތޮއްޖެހިފައި/ ފޮޓޯ:މޯލްޑިވްސް އިންޑިޕެންޑެންޓް
މަރްޔަމް ޝަފާ ސައީދު
281ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދަތުރުފަތުރާބެހޭ ވުޒާރާގެ ސިސްޓަމްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ބޮޑުވެފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.

މި އޮޑިޓްގައި ބަލާފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކާއި، 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ މެއި މަހާ ހަމައަށް މަސައްކަތްތައް ހަރުދަނާ ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު މައްސަލަތަކުގެ ތެރޭގައި، އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ރަޖިސްޓްރޭޝަނަށް ބޭނުންކުރާ "މެޓްރިސް" ސިސްޓަމުގައި ކޮންޓްރޯލް މައްސަލަތައް ހުރުމުން، އެ ސިސްޓަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާކަން ހިމެނެއެވެ. މީގެ ސަބަބުން ގަވާއިދާ ޚިލާފަށް އުޅަނދު ރަޖިސްޓްރީކުރުމުގެ ފުރުސަތު ބޮޑުވެފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

300 × 250

އިތުރުން، ވުޒާރާގެ ޚިދުމަތް ދިނުމުގައި އިންޓަގްރޭޓްކޮށްފައިވާ ގިނަ ސިސްޓަމްތަކެއް ބޭނުންކުރުމުގެ ސަބަބުން، ސިސްޓަމުން ބޭރުންނާއި މެނުއަލްކޮށް ކއަލްކޮށް ކުރަންޖެހޭ މަސައްކަތްތައް ގިނަވެ، ޚިދުމަތް ދިނުމަށް ނަގާ ވަގުތު އިތުރުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓުގައި ވުޒާރާގެ އައިޓީ ސިސްޓަމް ބަލަހައްޓާނެ ހަރުދަނާ ނިޒާމެއް ނެތްކަމާއި، އައިޓީ ސިސްޓަމްތައް ހަރުދަނާ ކުރުމަށް ދުރުރާސްތާ ޕްލޭނެއް ހަދާފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި މައްސަލަތަކާ ގުޅިގެން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދަތުރުފަތުރާބެހޭ ވުޒާރާ ހިންގުން އިސްލާހުކުރުމަށް ލަފާތަކެއް ދީފައެވެ. މީގެ ތެރޭގައި އައިޓީ ސިސްޓަމްތައް ބަލަހައްޓާނެ ގޮތުގެ ދުރުރާސްތާ ޕްލޭނެއް އެކުލަވާލުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތަށް ވީ އެންމެ އަވަހަކަށް ސިސްޓަމްތައް ގާއިމުކުރުން ހިމެނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި