މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ފެބްރުއަރީ 6 ގައި ފަށާނެކަމަށް އިވެންޓް އިންތިޒާމްކުރާ މީޑިއަމް އިވެންޓްސް އިން ބުނެފިއެވެ. މިއީ ރާއްޖޭގެ ބޯޓިން ސިނާޢަތުގައި ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ، އެސިނާޢަތުގެ ވިޔަފާރި އިތުރަށް މާކެޓްކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
އެކްސްޕޯ ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ 6 އަކުން 9 އަކަށެވެ.
މިއަހަރުގެ މެރިން އެކްސްޕޯގެ ޕާޓްނަރުންނާއެކު މިހާރު ސޮއިކޮށްފައިވާއިރު، މި އެކްސްޕޯގެ މިއަހަރުގެ މެއިން ސްޕޮންސަރަކީ އެމްޓީސީސީއެވެ.
މިއީ މޯލްޑިވްސް މެރިން އެކްސްޕޯ ބާއްވާ 10 ވަނަ ފަހަރެވެ. މިފަހަރުގެ މެރިން އެކްސްޕޯ އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެކެވެ. މިއެކްސްޕޯގައި ބޯޓް ބިލްޑަރުން، މާލީ އަދި އިންޝުއަރެންސް ވިޔަފާރިތައް، ބޯޓުތަކަށާއި މަސްވެރިކަމަށް ބޭނުންވާ ސާމާނާއި، މެރިން ފުޑްސް ސަޕްލަޔަރުން، ފަދަ ދާއިރާތަކުން ބައިވެރިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.