ފަހަކަށް އައިސް ރާއްޖޭގައި ހުމާއި ރޯގާ ގިނަވަމުންދާތީ އޭޑިކޭ ހޮސްޕިޓަލުގައި ޖެނެރަލް އޯޕީޑީއެއް ހުޅުވައިފިއެވެ.
އޭޑީކޭއިން ބުނާގޮތުގައި ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 10 އާ ހަމަޔަށް އޭޑީކޭގެ ޖެނެރަލް އޯޕީޑީގެ ޚިދުމަތް ލިބިގެންދާނެ ކަމަށާއި ރޯގާޖެހި، ހުން އައިސް އަދި ކެއްސުން ފަދަ އަލާމަތްތައް ފެންނަނަމަ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ދެއްކުމަށެވެ.
https://twitter.com/ADKHospital/status/1444205886918967298?s=20
އަދި މިހާރަކަށް އައިސް ރޯގޖެހި ހުންއައިސްގެ ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް އެހޮސްޕީޓަލުންވަނީ ބުނެފައެވެ.
އެހެންކަމުން މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ އެފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކާ މިދުވަސްވަރުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އެގޮތުން ބަލާލާއިރު ފާއިތުވީ ސެޕްޓެމްބަރމަހުގައި އަރިދަފުސް ރޯގާ ޖެހިގެން 3720 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބްތަކުން ދައްކައެވެ. މިއީ ފާއިތުވެ ދިޔަ އޯގަސްޓް މަހާ އަޅާ ބަލާއިރު 60 ޕަސަންޓް އިތުރު އަދަދެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.