ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކިނޮޅަހަށް ވަޑައިގެންފިއެވެ. ކިނޮޅަހަކީ މި ދަތުރުފުޅުގައި ރައީސް ވަޑައިގެންނެވި 9 ވަނަ ރަށެވެ.

ރައީސް ކިނޮޅަހަށް ވަޑައިގަތުމާއެކު އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ކިނޮޅަހު ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވާފައެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެރަށުގައި ބެހެއްޓުމުގެ މަސައްކަތް އެ ރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައްވާފައެވެ. މި ބައްދަލުވުމުގައި ރަށުގެ ތަރައްޤީއާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ރ. އަތރ. އަތޮޅުގެ 11 ރަށަކަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ފެއްޓެވީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ދަތުރުފުޅުގެ މަޤްޞަދަކީ ރ. އަތޮޅުގެ ރަށްތަކުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމާއި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމެވެ.