1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާކުރަތުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގައި، ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

raqq
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާކުރަތު ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ:ރައީސްއޮފީސް
މަރްޔަމް ޝަފާ ސައީދު
306ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރ. މާކުރަތުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގައި، ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ އިއްޔެ މާކުރަތު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މާކުރަތުގެ ތަރައްޤީގައި ކުލަ ޖެއްސުމަށް ގިނަ މަސައްކަތްތަކެއް އެބަހުރިކަމަށާއި، އެމަނިކުފާނު ދެއްވާނެ ޔަޤީންކަމަކީ ނަތީޖާ ނެރެދޭނެކަމެވެ. އެގޮތުން މާކުރަތުގެ ބަނދަރުގެ މަސައްކަތް މިއަހަރު ފުރިހަމަކޮށްދެއްވާނެކަމަށާއި، ކުރިން ފެށި ޕަބްލިކް ވޯކްސް ސަރަހައްދު ތަރައްޤީކޮށް ނިންމަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއަހަރު ރާއްޖޭގެ ކޮންމެ ރަށެއްގައި، ހުރިހާ މެޝިނަރީތަކާއި ވަސީލަތްތައް ހަމަ ޕަބްލިކް ވޯކްސް ސައިޓް ޤާއިމްކޮށް ނިންމަވާނެކަމަށެވެ. މިއީ ބޭކާރު ޚަރަދެއްނޫންކަމަށާއި، މީގެ ސަބަބުން ކޮންމެ ރަށެއްގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ބެލެހެއްޓުމުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

300 × 250

މާކުރަތުގެ ތަރައްޤީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވަނީ ސިއްޙީ މަރުކަޒު ތަރައްޤީކުރައްވާނެކަމާއި، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ހޯދާދެއްވުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން މާކުރަތުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް، އަންނަ އަހަރު ގެދޮރުވެރިކަމުގެ މަޝްރޫޢެއް މާކުރަތުގައި ހިންގަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ނިންމާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާކުރަތުގެ ތަރައްޤީގެ ގިނަ ކަންކަން މިއަހަރު ހިންގައި، ހުއްޓިފައިވާ މަޝްރޫޢުތައް ފަށައި، އެކަމުގައި ނަތީޖާ ނެރެދީ ފުރިހަމަކޮށްދެއްވާނެކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި