1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުވައްޒަފަކު މަލާމަތް ކުރުމުން ޖެންޑާއިން މާފަށް އެދިއްޖެ

ދ
ހުވަދޫ ނިއުސް ޓީމް
544ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސޯޝަލް މީޑިޔާގައި ވައިރަލް ވެފައިވާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓާ ދިމާލަށް އަންހެނަކު، ކުޑަކުއްޖަކު އޭނާގެ ކޮނޑުގައި އުފުލާލައިގެންދާ މަންޒަރު ފެންނަ ވީޑިއޯއަށް ފާޑުކިޔައި ޖެންޑާ މިނިސްޓްރީގެ މުވައްޒަފު ދެއްކި ވާހަކަތަކަކާއި ގުޅިގެން އެ މިނިސްޓްރީން މައާފަށް އެދިއްޖެ އެވެ.

މިވީޑިއޯގައި އަންހެނަކު ހިޔާ ފްލެޓާ ދިމާލަށް އަންހެނަކު އޭނާގެ ކޮނޑަށް ކުއްޖާ އަރުވައިގެން ވަކި ހިސާބަކަށް ދާ މަންޒަރު ފެނިގެން ދެއެވެ. ލަފާކުރެވޭގޮތުގައި، އަންހެންމީހާ ކޮނޑުގައި އުފުލާ، ކުޑަ ކުއްޖާއަކީ މާލޭގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. މިވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ތައުރީފް އެ އަންހެން މީހާއަށް އޮހިގެން ގޮސްފައި ވެއެވެ.

ތ. އަތޮޅު ވޭމަންޑޫ ޖެންޑާ މިނިސްޓްރީގެ ޔުނިޓުގެ އެންމެ އިސް ވެރިޔާ، ރިލްވާން އަބްދުﷲ މަލާމާތްކުރުމުން އެކަމަށް މާފަށް އެދި ޖެންޑާ މިނިސްޓްރީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމިނިސްޓްރީގެ މުވައްޒަފެއްގެ ފަރާތުން ސޯޝަލްމީޑިޔާގައި ކޮށްފައިވާ ޕޯސްޓެއް މިނިސްޓްރީގެ ސަމާލުކަމަށް ވަނީ އައިސްފައި ކަމަށެވެ.

300 × 250

ޖެންޑާ މިނިސްޓްރީން ބުނީ އެ ޕޯސްޓުގައި ބަޔާންކޮށްފައިވަނީ މިނިސްޓްރީން ދެކޭގޮތް ނޫން ކަމަށާއި އެކަމަށްޓަކާ މައާފަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަކަމެއް ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން އެ މިނިސްޓްރީން ކުރަމުން ގެންދާ ކަމަށް ވަނީ ބުނެފަ އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށި އިރު އެތަނުގައި ބަސް ދަތުރުގެ ހިދުމަތެއް ނުލިބެ އެވެ. އަދި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ދެވަނަ ފިޔަވައްސަށް ދާން ޓެކްސީގައި ވެސް ނަގާ އެންމެ ބޮޑު އަގަކީ 40ރ. އެވެ.

ސޯޝަލް މީޑިއާގައި މި ވީޑިއޯ އާންމުވުމާ ގުޅިގެން "ހިޔާ ޔޫނިއަން" ނަމުގައި ހިންގަމުން އަންނަ އަމިއްލަ ޖަމިއްޔާއަކުން ވަނީ އެ އަންހެން މީހާއަށް ޓެކްސީ ހަމަޖައްސާދީފަ އެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވައްސަށް މިހާރު ވަނީ ބަސް ދަތުރުގެ ހިދުމަތް އެމްޓީސީސީން ފަށައިފަ އެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި