1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ރިއަލިޓީ ޝޯވ "ބިގްބޮސް 15" މިރޭ ފަށައިފި

bigg-boss-15-grand-premiere-shoot-starts-today-salman-khan-to-meet-greet-with-the-contestants-in-filmcity001
ޢަޒީޒާ އަފީފް
749ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިހާރަކަށް އައިސް އެކިއެކި ޗެނަލްތަކުން ދައްކާ ރިއަލިޓީ ޝޯވތަކާއި ޑާންސް ޝޯވތަކަށް ދިވެހިންގެ ވަރަށް ބޮޑު ތަރުހީބެއް މިވަނީ ލިބިފައެވެ. އެގޮތުން ބަލާލާއިރު ކަލާޒް ޓީވީން ދައްކާ "ބިގްބޮސް" އަކީ ދިވެހި އަންހެން ކުދިން ހާއްސަކޮށް ވަގުތު ހުސްކޮށްގެން ޓީވީ ކައިރީ އިށީންނާނެ އެއް ޝޯވއެވެ. އޭގެ ފަހަތުގައި ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ.

ފުރަތަމަ ކަމަކަށް އެޝޯވގެ ހޯސްޓެވެ. "ބިގްބޮސް" ގެ 14 ސީޒަން ނިމިގެން ދިޔައިރު  އެޝޯއަށް ލިބެމުންދާ ތަރުހީބު ދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. އެޝޯ ހޯސްޓުކުރަނީ ނަވާރަ ސަތޭކައިގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފްވެ ޒުވާނުންގެ ހިތްތައް ކަތިލާފައިވާ ފިލްމީ ތަރި ސަލްމާން ޚާންއެވެ.

އަހަރަކު އެއްފަހަރު ކަލާޒް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގްބޮސް" ގެ އާ ސީޒަނެއް މިރޭ މިވަނީ ފަށާފައެވެ.

300 × 250

ބެލުންތެރިންގެ އިންތިޒާރަށް ނިމުމެއް ގެންނަމުން ސަލްމާން މިވަނީ "ބިގްބޮސް 15" މިރޭ ފަށާފައެވެ. މިޝޯ މިރޭ ފެށުނުނަމަވެސް ޝޯގެ ހުރިހާ ބައިވެރިން އަދި ހާމައެއް ނުކުރެއެވެ.

މިރޭގެ ޝޯގައި ސަލްމާން ބުނެފައިވަނީ އެހެން ސީޒަންތަކާ ޚިލާފަށް މިސީޒަންގެ ބައިވެރިން ބިގްބޮސްގެ ގޭގައި ފަސްމަސްދުވަހު ތިބޭނެ ކަމަށެވެ. އަދި އެހެން ސީޒަންތަކަށްވުރެ މިސިޒަން ތަފާތުވާނެ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

މިޝޯވ ފެށުމަށްޓަކައި ސަލްމާން ވަނީ އޮސްޓްރޭލިޔާގައި އޭނާ ކުރަމުންގެންދާ ޝޫޓްތައް މަޑުޖައްސާލުމަށްފަހު އިންޑިޔާއަށް އެނބުރި އައިސްފައެވެ.

މީޑީޔާ ރިޕޯޓްތައް އަދި "ބިގްބޮސް 15" ގެ ޓްރެއިލާގައި ބުނާގޮތުން ބިގް ބޮސްގެ ގެއަށް ވަނުމުގެ ފުރުސަތު، ބައިވެރިންނަށް ލިބޭނީ ޖަންގަލީގެ އުނދަގޫ ދަތުރެއް ކަޑައްތުކުރުމަށްފަހުގައެވެ. އެހެންކަމުން މިފަހަރު ބެލުންތެރިން ޝައުޤުވެރިވާނެ އެތައް ކަމެއް މިސީޒަންގައި ފެނިގެންދާނެއެވެ.

މިފަހަރު "ބިގްބޮސް"ގެ ތީމް އަކީ ޖަންގަލި ތީމްއެވެ.


ބިގްބޮސް 15 ފެށުމުގެ ކުރިން "ބިގްބޮސް އޯޓީޓީ"ގެ ނަމުގައި މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރު ވަނީ ޝޯއެއް ހުށަހަޅާފައެވެ. މިޝޯވގެ ފައިނަލިސްޓަކަށް ހޮވިފައިވަނީ ދިވްޔާ އަގަރްވާލްއެވެ. މިޝޯގެ ފައިނަލުގައި ފަސް ބައިވެރިން ވާދަކުރިއިރު، އޭގެތެރެއިން ޕްރަތީކް ސެހަޖްޕަލް އަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި “ބިގް ބޮސް 15” ގައި ވާދަކުރުމަށް ޕްރަތިކާ ވަނީ ބިގްބޮސް ގެއިން ނުކުމެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި