އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ރާއްޖޭގެ ފަސް އެއާޕޯޓަކަށް ސެކިއުރިޓީ އޮފިސަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ. މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި އިއުލާނުގައިވާ ގޮތުން ސެކިއުރިޓީން ބޭނުންވާ އެއާޕޯޓުތަކާއި ބޭނުންވާ އަދަދު:
- ގަން އެއާޕޯޓަށް 6 ސެކިއުރިޓީ އޮފިސަރުންނާއި،
- މަޑިވަރު އެއާޕޯޓަށް 3 ސެކިއުރިޓީ އޮފިސަރުން ހޯދާއިރު،
- މާވަރުލު އެއާޕޯޓް، ދާލު އެއާޕޯޓް އަދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް އެއް ސެކިއުރިޓީ އޮފިސަރު
މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިން ސާނަވީ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ދިވެހިން "ސީ" ފާސް ލިބިފައިވުން ނުވަތަ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން ލާޒިމްކުރެއެވެ. މި މަގާމުތަކުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 5,920 ރުފިޔާ ލިބޭއިރު، އިތުރު އެލަވަންސްތަކުގެ ގޮތުގައި ސާވިސް އެލަވަންސް، ކޮއްތު ފައިސާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ އިތުރުން ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރުގަޑީގެ ފައިސާވެސް ލިބޭނެއެވެ. އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުލޭގައި ހުންނަ ހެޑްކުއާޓާއަށް ގޮސް ނުވަތަ career@avsecom.gov.mv އަށް އީމެއިލް ކުރެވޭނެއެވެ. މި މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އާއި އިމްތިހާން އޮންނާނީ އަންނަ މަހުގެ 9 އާއި 20 އާ ދެމެދުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.