މާލޭ ސެނެހިޔާ ކައިރީ މަގުމަތިން ޒަހަމްތަކަކާއެކު އޮއްވާ ފެނުނު މީހަކަށް ތޫނު އެއްޗަކުން ހަމަލާދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 8:17 ހާއިރު ރަތްވިލާ މަގުގައި ކަމަށެވެ. އެމަގުން ދުއްވާފައިދިޔަ ސައިކަލެއްގައި އިން މީހަކަށް ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ޒަހަކޮށްލާފައިވާ ކަމަށާއި އަދި އެމީހާ ފުލުހުންނަށް ފެނުނީ އެދިމާ މަގުމައްޗަށް ވެއްޓިފައި އޮއްވާ ކަމަށް ފުލުހުން ވަނީ ބުނެގ އެވެ. މައްސަލަ ފުލުހުންގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންނަކީ ހ. ރޯޒެންޑޭލް، އުމުރުން 29 އަހަރުގެ ޞަފްވާން ޒުފްރަތާއި ށ. ފޭދޫ، އުދަރެސް، އުމުރުން 34 އަހަރުގެ ޢަލީ ނާޝިދެވެ. ޞަފްވާން ހައްޔަރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 21:19 ހާއިރު ކަމަށާއި ޢަލީ ނާޝިދު ހައްޔަރުކޮށްފައިވަނީ 21 ވަނަ ދުވަހުގެ 1:09 ހާއިރުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެ މީހުންވެސް 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މައްސަލައިގެ އިތުރުން ރޭ 23:25 ހާއިރު އަރިސް ފިހާރަ ކައިރިން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިތުރު މައްސަލައެއްވެސް ފުލުހުންގެ ގޭންގް ކްރައިމް އިންވެސްޓިގޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ. މި މާރާމާރީގައި އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިވާއިރު، މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ސެނެހިޔާ ކައިރީ މަގުމަތިން ޒަހަމްތަކާއެކު ފެނުނުމީހާއަށް ހަމަލަދިން ދެމީހަކު ހައްޔަރުކޮށް, 5 ދުވަހުގެ ބަންދަށް!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.