1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ސްކޫލެއްގައި ބޭއްވުނު ފުރަތަމަ މޮޑެލް ސާކް ސަމިޓް އަޙްމަދިއްޔާގައި!

saarc summit
އަހްމަދިއްޔާގައި ބޭއްވުނު ސާކް ސަމިޓް: ފޮޓޯ/ހުވަދޫ މީޑިއާ
ފާތިމަތު އިޝާ
369ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސާކްގެ ގައުމުތަކުގައި މިވަގުތު ހުރި މައްސަލަތަކާއި ހައްލުތަކުގެ މައްޗަށް ދަރިވަރުންގެ ނަމޫނާ ސާކް ސަމިޓެއް ރާއްޖޭގެ ސްކޫލެއްގައި ފުރަތަމަ ފަހަރަށް ބޭއްވުނީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައެވެ. މި ހަރަކާތް ކުރިއަށް ދިޔައީ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހޯލުގައެވެ.

މި ސަމިޓް ޝަރަފްވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެވެ. ދަރިވަރުންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ދަރިވަރުންގެ ދިރާސާތަކާއި ސަމިޓުގެ ހުށަހެޅުންތަކާއި އިންތިޒާމްތަކަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. މިފަދަ ހަރަކާތްތަކަކީ ދަރިވަރުންގެ ތައުލީމީ ހަޔާތުގައި މުހިއްމު ކަމެއް ކަމަށް ވިދާޅުވި އެވެ.

ais qމޮޑެލް ސާކް ސަމިޓް ޝަރަފްވެރިކޮށްދެއްވި ފޮރިން މިނިސްޓަރ:ފޮޓޯ/އަހްމަދިއްޔާ ސްކޫލް

300 × 250

ފޮރިން މިނިސްޓްރީގެ އެހީތެރިކަމާ އެކު އަހްމަދިއްޔާ އިން ކުރިއަށް ގެންދިޔަ ސަމިޓުގައި، ގައުމުތަކުގެ ތަމްސީލްވުން ވަރަށް ފުރިހަމައަށް ވަނީ ދައްކުވައިދީފަ އެވެ. ސަމިޓުގައި ދަރިވަރުން ވަނީ ސާކް އަށް ގައުމުގެ އަށް ލީޑަރުންނާއި އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި ފޮރިން ސެކެޓްރީންނާއި ކޮންމެ ގައުމެއްގެ ސާކް ޑެސްކުގައި ހިމެނިވަޑައިގަންނަވާ އެއް ބޭފުޅަކު ސަމިޓްގައި ތަމްސީލްކޮށްފަ އެވެ.

މި ސަމިޓުގައި އަށް ގައުމެއްގެ އިސްވެރިންނާއި މަންދޫބުންގެ ގޮތުގައި ދަރިވަރުން ތަމްސީލްކުރި އެވެ. އެއީ ރާއްޖެ އާއި ސްރީލަންކާ އާއި އިންޑިއާ އާއި ޕާކިސްތާނާއި ބޫޓާނާއި ނޭޕާލާއި އަފްގާނިސްތާންގެ އިތުރުން ބަންގްލަދޭޝް އެވެ.

ais 2ގައުމުތައް ތަމްސީލުކުރި ދަރިވަރުން: ފޮޓޯ/އަހްމަދިއްޔާ ސްކޫލް

އަޙްމަދިއްޔާގައި ހިސްޓްރީ ކިޔަވައިދެއްވާ މުދައްރިސް ސަލީމް ވިދާޅުވި ގޮތުގައި މި ސަމިޓުގެ ސަބަބުން މި ސަރަހައްދާއި ބައިނަލްއަގުވާމީ ދުނިޔެއަށް ދަރިވަރުންގެ ލޯ ވަރަށް ބޮޑަށް ހުޅުވިފައިވެއެވެ. ސަމިޓަށް ދަރިވަރުން ނެގީ އެ ސްކޫލުގެ ގްރޭޑް 7 އިން ގްރޭޑް 10 އަށް ހުޅުވާލުމުން ޝައުގުވެރިކަން ފާޅުކުރި ހުރިހާ ދަރިވަރުންގެ މެދުގައި ބޭއްވި އޮޑިޝަނަކުންނެވެ.

އެ ސްކޫލުން މީގެ ކުރިން ޔޫއެންޖީއޭ ބާއްވާފައިވާކަން ފާހަގަ ކުރައްވައި، ސަލީމް ވިދާޅުވީ މި ސަމިޓަށް ކުދިން ތައްޔާރުވާން މަހަކަށްވުރެ ގިނަ ދުވަސް ނެގި ކަމަށެވެ. ދަރިވަރުންގެ ކުރިއެރުމަށް ނަމޫނާ ސާކް ސަމިޓް ކުރިއަށް އޮތް ތަނުގައި ވެސް އަހްމަދިއްޔާގައި ކުރިއަށް ގެންދާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

މި ހަރަކާތް ކޯޑިނޭޓްކުރި އަހްމަދިއްޔާ ސްކޫލްގެ ޓީޗަރު ހަމްދާ ވިދާޅުވި ގޮތުގައި، އިރުޝާދާ އެއްގޮތަށް ހުރިހާ ދަރިވަރުން ވެސް އަމަލުކޮށްފައިވާ ކަމަށާއި ދަރިވަރުންގެ ހަރަކާތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. މީގެ އިތުރުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ފޮރިން މިނިސްޓްރީގެ އެކްސްޕާޓުންގެ ލަފަޔާއެކު ވީހާވެސް އަސްލާ އެއްގޮތްވާ ގޮތަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި ކަމަށް ވެސް ހަމްދާ ވިދާޅުވިއެވެ.

މި ނަމޫނާ ސާކް ސަމިޓް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވުމަކީ ދަރިވަރުންނަށް ބައިނަލްއަގުވާމީ ދާއިރާއާ ބެހޭ މުހިންމު ތަޖުރިބާއެއް ލިބިގެންދިޔަ ފުރުސަތެކެވެ. މިފަދަ ހަރަކާތްތަކުން ދަރިވަރުންގެ ހުނަރުތައް އިތުރުވެ، ކުރިމަގުގައި ޑިޕްލޮމެޓިކް ދާއިރާއަށް ޝައުގުވެރިވާނެ ދަރިވަރުން އުފެދިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި