ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ ކުންދަރާ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ޒިޔާރަތްކުރުމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ ދެކެ ވަރަށް ލޯބިވާ އިންޑިޔާގެ ފިލްމީ ތަރި ޝިލްޕާ ޝެޓީ މިފަހަރުގެ ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ޖުމެއިރާ އޮޅަހަލި އައިލެންޑުގައެވެ. މި ދަތުރުގައި އޭނާ ވަނީ ސޫޝީ ހެދުމާއި ޖެޓް ސްކީ އަމިއްލައަށް ދުއްވުމާއި ސަބްމެރިން ދަތުރު ދިޔުން ފަދަ ތަފާތު ޙަރަކާތްތައް ތަޖުރިބާކޮށްފައެވެ.
ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޝިލްޕާ ޝެޓީއާ ބައްދަލުކުރައްވައި، އެކުގައި ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. އެ ދަތުރުފުޅުގައި ވަޒީރު ފައިސަލް ވެސް ބައިވެރިވެވަޑައިގެން، ޝިލްޕާއާ ބައްދަލުކުރެއްވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.