ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހއ. ފިއްލަދޫއަށް ވަޑައިގެންފިއެވެ.
ރައީސް ފިއްލަދޫއަށް ޒިޔާރަތްކުރެއްވުމާ ގުޅިގެން ރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރައީސް ފިއްލަދޫއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވަނީ ރައީސަށް މަރުޙަބާ ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ އުތުރުގެ އަތޮޅުތަކުގެ ތެރެއިން ހއގެ 10 ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރައްވާ ޒިޔާރަތެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ މޮއަދު ހެނދުނު މުރައިދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.