ލ.އިސްދޫގައި ހުރި ޒަމާންވީ އާސާރީ ފެންވަޅެއް އަޑިޔަށް ހިގައްޖެއެވެ.
މިކަމާ ބެހޭގޮތުން އެރަށު ކައުންސިލުގެ ރައީސް އިބްރާހިމް ހަލީލް ވިދާޅުވީ އެފެންވަޅަށް މިހާރު 150 އަހަރުވެދާނެ ކަމަށާއި އެއީ އެރަށު މީހުން ބޯފެން ނަގާ ވަޅެއް ކަމަށެވެ. އަދި އެވަޅުގެ ފެން މީރުކަމުން އެރަށުގެ މީހުން އެވަޅު ފެން ބޯން ބޭނުން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަލީލް ވިދާޅުވި ގޮތުގައި އެވަޅު އަޑިޔަށް ދިޔައީ އެވަޅާ ގާތްގަނޑަކަށް 6 ފޫޓު ދުރުން ދިޔަ ހައިމާކެއް އެތަނުން ދިޔަތާ މިނެޓެއް ވަރު ފަހުންނެވެ. މިހާދިސާ ހިނގާފައިވަނީ މިއަދު ހެދުނު 9 ޖެހިއިރުއެވެ.







ޚިޔާލު (1)
ދެން އޭނަގާ