ރ. އަތޮޅުގައި ހުންނަ އިފުރު އައިލެންޑް ރިސޯޓުން ސްނޯކްލިންއަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފެއް ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިފުރު ރިސޯޓުން ސްނޯކްލިންގ އަށް ދިޔަ މީހަކު ވީނުވީ ތަނެއް ނޭނގި ގެއްލިފައިވާ ކަމަށާއި ހޯދަމުންދާ ކަމަށެވެ. ފުލުހުން ބުނީ ޕަރަމްޖީތު ސިންގރާވަތޭ ބުނެވުނީ ރަނގަޅު މައުލޫމާތެއް ނޫންކަމަށާއި ގެއްލިގެން ހޯދަމުންދަނީ އިންޑިޔާގެ ރައްޔިތެއްކަމަށްވާ 25 އަހަރުގެ އާފްތާބްޚާން ކިޔާ ޒުވާނެއް ކަަމަށެވެ.

"ގެއްލިފައިވަނީ ޕަރަމްޖީތް ސިންގް ރާވަތް ކަމަށް ބުނެވިފައިވަނީ މައުލޫމާތުގެ ކުށަކުން. ރަނގަޅު ގޮތަކީ އިންޑިއާއަށް ނިސްބަތްވާ އަފްތާބް ޚާން (25 އަހަރު، ފިރިހެން)،" ފުލުހުން

އޭނާ ގެއްލިފައިވަނީ އިއްޔެ މެންދުރުފަހު 3:35 ހާއިރުގައި ކަމަށާއި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 4:09 ހާއިރުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލައިގައި ފުލުހުންގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުންވެސް ދަނީ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ރިސޯޓުތަކުން ސްނޯކްލިންއަށް ދާ ފަތުރުވެރިންނާއި މުވައްޒަފުން ގެއްލުމަކީ ފަހަކަށް އައިސް އާންމުކޮށް ދިމާވަމުންދާ ހާދިސާއެކެވެ.