1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިހަވަންދޫއަށް އުފާވެރިކަން ބޮޑު ދުވަހެއް؛ އުއްމީދީމަޝްރޫއުތަކެއް އިފުތިތާހުކުރެވި އައު މަޝްރޫއުތަކެއް ފެށުމަށް އެއްބަސްވެ ސޮއިކުރެވުނު!

900
މިއަދު އިހަވަންދޫގައި ކުރިއަށް ދިޔަ މަޝްރޫއުތަކެއްގެ އެއްބަސްވުމާއި މަޝްރޫއުތަކެއް ފެށުމާއި ނިންމުމުގެ ރަސްމިއްޔާތުތަކުގެ ތެރެއިން/ ފޮޓޯ:ރައީސްއޮފީސް
މަރްޔަމް ޝަފާ ސައީދު
246ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އުއްމީދީ މަޝްރޫޢުތަކެއް އިފްތިތާޙުކުރެވި، އައު މަޝްރޫޢުތަކެއް ފެށުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

މިއަދަކީ އިހަވަންދޫއަށް އުފާވެރިކަން ބޮޑު ދުވަހެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އިހަވަންދޫގެ ތަރައްގީއަށް މުހިންމު ކަންތަައްތަކެއްގެ ފެށުމާއި ނިމުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އިފްތިތާޙުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ހިމެނެއެވެ. މި ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.

300 × 250

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެއްގެ ދަށުން، މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހު ވަނީ އިފްތިތާޙްކުރައްވާފައެވެ. މިއަދު އިހަވަންދޫގައި މި ޚިދުމަތް ފެށުމާއެކު، ހއ. ދިއްދޫގައިވެސް އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ.

މީގެ އިތުރުން، އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި ސިއްޙީ ވަޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޢަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރުއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ހޮސްޕިޓަލް އިމާރާތްނިމި ބޭނުންކުރަން ފެށެންދެންވެސް ރަށަށް ބޭނުންވާ ސިއްޙީ މުހިންމު ޚިދުމަތްތައް ދިނުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެއެވެ. އެގޮތުން މި ރަމަޞާންމަހުގެ ކުރިން އެ ރަށުގައި ކިޑްނީ ބަލިމީހުންނަށް ދޭ ޑައިލަސިސް ފަރުވާގެ ޚިދުމަތް ފައްޓަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، އިހަވަންދޫ ހުރަވީ ބޯޅަދަނޑު ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައިވެސް ސޮއިކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މި މަޝްރޫޢުތަކުގެ މުހިންމުކަމާއި، އޭގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

އިހަވަންދޫގައި އަލަށް ތަރައްޤީކުރާ ހޮސްޕިޓަލަކީ 123 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ހޮސްޕިޓަލަކީ 30 އެނދުގެ ޖާގަ ތަނަވަސް އަދި ޚިދުމަތުގެ ގޮތުން ފުރިހަމަ ހޮސްޕިޓަލަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވައެވެ. މީގެ އިތުރުން، އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ޢިމާރާތެއްވެސް ތަރައްޤީކުރެވޭނެއެވެ.

މި ހުރިހާ މަޝްރޫޢުތަކަކީވެސް އިހަވަންދޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އެ ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ ކަންކަން ކަމަށް ބެލެވެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި