ތިލަދުންމަތީ އުތުރުބުރީ މޮޅަދޫގެ އާބާދީ ކުޑަނަމަވެސް، އެންމެ ބޮޑެތި އާބާދީތަކާ އެއްވަރަށް ތަރައްޤީކޮށްދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަންދެއްވީ މޮޅަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
412 މީހުންގެ އާބާދީއެއް ދިރިއުޅޭ މޮޅަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މޮޅަދޫގެ އާބާދީ ކުޑަނަމަވެސް، އެންމެ ބޮޑު އާބާދީތަކުގެ ރައްޔިތުންނާ ހަމަހަމަކަމަށެވެ. އަދި އެ ރައްޔިތުންނަށްވެސް ހުރިހާ ޙައްޤުތަކާއި ޚިދުމަތްތައް މުހިންމުކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ މޮޅަދޫގައި ބައެއް މަޝްރޫޢުތައް ހުއްޓިފައި ހުރިކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ފެށި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ހިމެނެއެވެ. ރައީސް ވަނީ މި މަޝްރޫޢު އަވަސްކޮށް ނިންމައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.