ރާއްޖެއާއި ބޭރުގެ ތަޖުރިބާކާރު ކޯޗިން ސްޓާފުންގެ ބައިވެރިވުމާއެކު، މައި ސްޕޯޓްސް އެކަޑަމީގެ ނަމުގައި އައު އެކަޑަމީއެއްމިއަދު ލޯންޗުކޮށްފިއެވެ. މި އެކަޑަމީ ލޯންޗުކުރުމަށް ބޭއްވުނު ހާއްސަ ރަސްމިއްޔާތު ބޭއްވުނީ މާލޭގެ ސޮލައިޓް ރެސްޓޯރަންޓުގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރު، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ ރައީސް މުޙައްމަދު ލަތީފް އަދި ވޮލީގެ ލެޖެންޑް ސައްޔިދު އަލީއެވެ. މީގެ އިތުރުން ކުރީގެ މަޝްހޫރު ވޮލީބޯލް ބައެއް ކުޅުންތެރިންނާއި އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ބައެއް ކުޅުންތެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މައި ސްޕޯޓްސް އެކަޑަމީގައި ހިމެނެނީ މައިގަނޑު ތިން ޕްރޮގްރާމެކެވެ. އެއީ:
1. ގްރޭޑު 1-5 އަށް: މިނީ ވޮލީބޯލް ޕްރޮގްރާމް
2. ގްރޭޑު 6-10 އަށް: ޖޫނިއާ ވޮލީބޯލް ޕްރޮގްރާމް
3. ގްރޭޑު 11-12 އަށް: ޔޫތު ވޮލީބޯލް ޕްރޮގްރާމް







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.