ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ރައްޔިތުން އެއަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
މި މަޢުލޫމާތު ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާ ވަލީދު ވިދާޅުވި ގޮތުގައި މިއީ ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ. ނަމަވެސް މި ނިންމުމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. މި ނިންމުމަކީ ހިރިމަރަދޫ ރައްޔިތުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.