ހައުސިން މިނިސްޓްރީގެ ހުއްދަނެތި ހައުސިން ޔުނިޓުތަކަށް ހުޅުވާލުމުން، އެ ހުއްދަ ބާތިލް ކުރަން އެ މިނިސްޓްރީން ތިނަދޫ ސިޓީ ކައުންސިލަށް އަންގައިފިއެވެ. ހައުސިން މިނިސްޓްރީން ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ސަރުކާރުން އިމާރާތްކުރާ ހައުސިންގ ޔުނިޓްތައް އިމާރާތްކުރުމާއި އެތަންތަން އެކިފަރާތްތަކަށް ދޫކުރުމުގެ މަސައްކަތް ކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތް އެ މިނިސްޓްރީގެ މެންޑޭޓުގައި ވަނީ ހިމަނާފައިވާ ކަމަށާއި މިގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމރާތްތކުރެވޭ ހައުސިންގް ޔުނިޓްތައް ހަވާލުކުރެވެމުން ދަނީ އެމިނިސްޓްރީއިން އެންޑޯޒްކޮށް ހުއްދަދެވޭ އުސޫލަކާއި އެއްގޮތަށް ކަމަށެވެ.
ތިނަދޫގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓްތަކަކީ އެމިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުންދާ ޔުނިޓްތަކެއް ކަމަށްވެފައި އަދި މި ޔުނިޓްތައް ދޫކުރުމަށް އިއުލާނުކުރުމުގެ ކުރިން ހައުސިން ޔުނިޓްތައް ދެވޭނެ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަންގެ މަރުހަލާ ކުރިޔަށް ގެންދަންވާނީ އެމިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށެވެ. ނަމަވެސް ތިނަދޫގައި އިމާރާތްކުރަމުންދާ 200 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލާފައިވާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެއީ މިނިސްޓްރީގެ ހުައްދަނެތި ކުރި އިއުލާނެއް ކަމަށް ސިޓީގައި ބުނެފައި ވެއެވެ.
މިއާއި އެކު ހައުސިންގ ޔުނިޓުތަކަށް ކުރިމަތިލާން ކައުންސިލުން ކުރި އިއުލާން ބާތިލްކުރުމަށް އެވުޒާރާއިން މިއަދު ވަނީ ސިޓީ ކައުންސިލަށް އަންގާފައި އެވެ.







ޚިޔާލު (1)
އިޢުލާނު ކުރުމެއްނެތި އިންފޮމޭޝަން އޮފިސަރު ފަދަ މަގާމުތަކަށް ބޭނުންވާ މީހަކު ހޮވާ ކައުންސިލުން ތިފަދަ ކިތަންމެކަމއެއް ކުރާނެ.ހިސާބަށްވުރެ ނާގާބިލު ވީމަ ވާނެ ޓިކަހަލަކިތަންމެ ކަމެއް