ލ. އަތޮޅުގައި ހުންނަ ސިކްސް ސެންސް ލާމު ރިސޯޓުގެ ވެލްނެސް ރީޖަނަލް މެނޭޖަރަކަށް މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ހަމަލާދީ ޒަޚަމް ކޮށްލައިފި އެެވެ.
ފުލުހުން ބުނީ، އެ މުވައްޒަފު ބައިސްކަލުގައި ދަނިކޮށް، ފަހަތުން އައި މީހަކު ބޮލުގައި އެއްޗަކުން ޖަހައި ޒަހަމްކޮށްލާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ރިސޯޓުން މަޢުލޫމާތު ދިން މީހަކު ބުނީ ހަމަލަދީފައިވަނީ ބޮޑަށް ލަފާކުރެވެނީ ހަމަލަދިނީ ގާގަނޑަކުން ކަމަށެވެ، އަދި ޒަޚަމްވި މުވައްޒަފަށް ފުރަތަމަ ފަރުވާ ދިނުމަށް ގަމަށް ގެންދިޔަ ނަމަވެސް، މިހާރު ވަނީ އަނބުރާ ރިސޯޓަށް ގެނެވިފައި ކަމަށްވެސް އެމީހާ ބުންޏެވެ.
ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.