1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަފާލާތުގެ ދަށުން ޔާމީން މިނިވަން ނުކުރުމަށް ނިންމައިފި

204664_4_196307d8437ad11b6c966c4b9d85130acbad5d08
ޢަޒީޒާ އަފީފް
819ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

 

ކަފާލާތުގެ ދަށުން އަބްދުﷲ ޔާމީން މިނިވަން ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމައިފިއެވެ.

ސްޕްރީމް ކޯޓުގައި ކުރިޔަށް ގެންދިޔަ ޔާމީންގެ މައްޗަށް ކޮށްފައިވާ 5އަހަރުގެ ޖަލުހުކުމް އިސްތިއުނާފް ކުރުމުގެ އަޑުއެހުމުގައި ފަނޑިޔާރު މަހާޒް ވިދާޅުވީ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ ގާނޫނީ އުސޫލެއް ރާއްޖޭގައި ނެތް ކަމަށާއި އެހެންކަމުން މިހާރެކޭ އެއްފަދައިން ޔާމީން ހުންނަވަންޖެހިވަޑައިގަންނަވާނީ ބަންދުގައި ކަމަށެވެ.

300 × 250

ފަނޑިޔާރު މަހާޒްގެ މިނިންމުމަށް ދެންތިއްބެވި ފަނޑިޔާރުން (ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މުހައްމަދު އިބްރާހިމް) ވަނީ ތާއިދު ކުރައްވާފައެވެ.

ޔާމީން މިނިވަން ނުކުރުމަށް ސްޕްރީމް ކޯޓުން މިއަދު ނިންމާފައިވާއިރު ޔާމީންގެ ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް ވަނީ ރާއްޖެއާއި އަވަށްޓެރި އިންޑިއާގެ އިތުރުން އެމެރިކާގައި ވެސް ކަފާލާތުގެ ދަށުން ނިންމާފައިވާ ނިންމުންތަކުގެ ގަޒިއްޔާތަކުގެ ލިޔެކިއުންތަކެއް މިއަދު ޝަރީއަތަށް ހުށަހަޅާފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ޖަލު ހުކުމެއް ނުވަތަ ޖަލު ބަންދެއް ކުރިމަތިވި މީހުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫންއާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކަފާލާތުގެ ދަށުން ދޫކޮށްލަން ނެރުނު އަމުރުތައް މިއަދު ޖަމީލް ވަނީ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފައެވެ.

ސްޕްރީމްކޯޓުގެ މިނިންމުމާއެކު 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރުމުގެ ފުރުސަތު މިވަނީ ކުޑަވެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި