1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ފެންޑާ

ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޖަލަށް ލައިފި

Aryan-Shah-Rukh
ޢަޒީޒާ އަފީފް
1,466ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔުކޮށްފިއެވެ.

މިމަހު 3 ވަނަ ދުވަހު ޕާޓީއެއްގެ ތެރެއިން މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި އާރްޔަން ހައްޔަރުކޮށްފައިވާއިރު އޭނާ އަދިވެސް ހުރީ ޖަލުގައި ކަމަށް މީޑީޔާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

ޖަލުގައި ހުންނައިރު އާރްޔަން އާއި ޖަލުގައި ތިބި އެހެން މީހުންނާ ތަފާތު ކުރާކަމަށާއި އޭނައަށް ކާންގެންދަނީ ގެއިން ތައްޔާރުކޮށްފައި ހުންނަ ބިރިޔާނީ ފަދަ ތަކެތި ކަމަށްބުނެ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް އާރްޔަން ޚާންއަށް ޖަލުގައި ކާން ދެނީ އޭނާގެ ގެއިން ގެންނަ ކާނާ ކަމަށް ބުނެ ދެކެވޭ ވާހަކަތަށް އެންސީބީން ވަނީ ދޮގުކޮށްފައެވެ.

300 × 250

އެންސީބީ އާއި ހަވާލާދީ މީޑިޔާ ރިޕޯޓްތަކުގައި ބުނާގޮތުން އާރްޔަންއަށް ވެސް ކާން ދެނީ މުގުބަތާއި ޕޫރީޕާޖީ ކަމަށާއި އެއީ ޖަލަށް ކާނާ ތައްޔާރު ކުރަން ހަވާލުކޮށްފައި ހުންނަ ކެފޭއަކުން ހަދާ ކާނާ ކަމަށެވެ. އަދި އެހެންމީހުންނެކޭ އެއްފަދައިން އޭނައަށްވެސް ކާންދެނީ ކަރުދާސް ތައްޓެއްގައި ކަމަށާއި ގެއިން ކާނާ ގެނައުން މަނާކޮށްފައިވާކަމަށް އެންސީބީން ވަނީ ހާމަކޮށްފައެވެ.

ބޮލީވުޑް ތަރިންގެ ދަރިންގެ މިފަދަ މައްސަލަތައް ފެންމަތިވެފައިވާއިރު ދާދި އިހަކަށް ދުވަހު ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ކާޖޮލް އާއި އަޖޭ ދޭވްގަންގެ ދޮށީ ދަރިފުޅު ނީސާ ދޭވްގަންގެ ވާހަކަތައްވެސް މިވަނީ މީޑިޔާތަކުގައި ފެތުރިފައެވެ. ނިސާ ދޭވްގަން ހެދި ޓިކްޓޮކް ވީޑިޔޯއެއް މީސްމީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ހުދު ހެދުމެއް ލައިގެން، މަޑު މޭކަޕެއްގައި ނީސާ ޓިކްޓޮކް ކުޅެމުން ދިޔައީ ބެޑްރޫމެއް ތެރޭގައެވެ. ނީސާގެ އެކުވެރިޔާ އެނދުގައި އިން އިރު ނީސާ ހުރީ އެތާ ކައިރީގައި ކޮޅަށެވެ. އަދި ޓިކްޓޮކް ކުޅެން މިޔުޒިކް ފެށުމާ އެކު ނީސާ ނަށަން ފަށައެވެ. ނެށުމުގެ ފޯރީގައި އަތުން ހެދި ގޮތަކުން ނީސާއަށް ޖެހެނީ އޭނަގެ އެކުވެރިޔާގެ މޫނު މަތީގައެވެ. މިވީޑިޔޯއަށް ގިނަބަޔަކު ފާޑުކިޔަމުން ގެންދާއިރު އަނެއްބަޔަކު ދަނީ ނިސާއަށް ތައުރީފްކުރަމުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި