ޖިންސީ ފުރައްސާރައާއި، ޖިންސީ ގުނަވަން ދައްކަނީ ކޮންބައެއްކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް ބުނެ ސަރުކާރަށާއި މުވައްސަސާތަކުގެ ވެރިންނަށް، ރާއްޖޭގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ފާޑުކިއުން އަމާޒުކޮށްފިއެވެ. އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ، މެމްބަރު ނާޒިލް އޭނާގެ ކުރިމަތި ފަރާތް ދައްކާލައިފި ކަމަށް ބުނެ އޮންލައިން ނޫސް "ވަގުތު" ގައި ޝާއިޢު ކޮށްފައިވާ ހަބަރަކަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގައެވެ. https://twitter.com/ali20waheed/status/1445389669768761346 އެޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ، ޖިންސީ ފުރައްސާރައާއި، ޖިންސީ ގުނަވަން ދައްކަނީ ކޮންބައެއްކަން ރައްޔިތުންނަށް ސާފުވާނެ ކަމަށާއި، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އަށް މިކަން ނުފެންނާނެ ކަމަށާއި، ނަމަވެސް ހިސާން ހުސައިން އަށް ފެންނާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް މިހަބަރު ފެނިގެން ކީރިތި ނުކުރައްވައިފިއްޔާ ކިތަންމެހާވެސް ރަނގަޅު ކަމުގައިބުނެ، ވަރަށް ބޮޑަށް އޭނާ ވަނީ ސަރުކާރަށާއި ރައީސަށް ފާޑުކިއުން އަމާޒުކޮށްފައެވެ. މިވަގުތު އިނގިރޭސިވިލާތުގައި ފިއްލަވައިގެން ގޮސް ހުރި، އަލީ ވަހީދު މިހެން ވިދާޅުވެފައިވާއިރު، އޭނާގެ މައްޗަށް ދައުލަތުން ވަނީ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އުފުލާފައެވެ.